ފޮއްދޫ ޕްރީސްކޫލް 2024-2025 އަށް ފެށުން
ފޮއްދޫ ކައުންސިލުން ކުރިޔަށް ގެންދާ ފޮއްދޫ ޕްރީސްކޫލު 2024-2025 ވަނަ އަހަރު ހިންގުމަށްޓަކައި، ކުރިންވެސް ފޮއްދޫ ޕްރީސްކޫލް ހިންގަމުންދިޔަ ޢިމާރާތުގެ އާބާތުރަ ފިލުވާ ކުލަދަވާދު ލާ ޒީނަތްތެރިކުރުމަށްފަހު 01 ޖުލައި 2024 ވީ ހޯމަދުވަހު ވަނީ ރަސްމީކޮށްފެށިފައެވެ. ފޮއްދޫގެ ޅަ ދަރިންގެ މުސްތަޤުބަލާއި ކިޔެވުމުގައި ފަހި ފުރުޞަތުތައް ފަހިކޮށްދީ ހޯދައިދިނުމަކީ އަބަދުމެ ކައުންސިލުން ވިސްނާނެ ކަންކަން މި ފުރުޞަތުގައި ދަންނަވަމެވެ.