ފޮއްދޫ ކައުންސިލުން ހިންގަމުންދާ ފޮއްދޫ ޕްރީސްކޫލުގެ ކިޔެވުން 2024-2025 ވަނަ އަހަރަށް ފެށުން
ދެ މުދައްރިސުންގެ މަޤާމަށް ކުރިމަތި ލާފައިވަނީ ނ. ފޮއްދޫ / މައުނަ މަރްޔަމް ޝާހީން އަދި ނ. ފޮއްދޫ / ފިނިހިޔާގެ މަރްޔަމް ޒަހާ އާ ދެބޭފުޅުންނެވެ. އަދި މަސައްކަތު މީހަކުގެ މަޤާމަށް ކުރިމަތި ލާފައިވަނީ ނ. ފޮއްދޫ / ޚޫރުޝީދުއާބާދު ޝަޒްލާ ޢަލީ އެކަނިކަމުން، މި ތިން ފަރާތާއެކު 25 ޖޫން 2024 ވަނަ ދުވަހު ވަނީ މިކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެހެންކަމުން ޕްރީސްކޫލްގެ ދެ މުދައްރިސުންގެ ގޮތުގައި ހަމަޖެހުނު ނ. ފޮއްދޫ / މައުނަ މަރްޔަމް ޝާހީން އަދި ނ. ފޮއްދޫ / ފިނިހިޔާގެ މަރްޔަމް ޒަހާ އަށާއި، މަސައްކަތުގެ ގޮތުގައި ހަމަޖެހުނު ނ. ފޮއްދޫ / ޚޫރުޝީދުއާބާދު ޝަޒްލާ އަލީ އަށް ކައުންސިލްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.