ވިޔާފާރީގެ އިތުރު ފުރުޞަތުތަކަށް ރަށުން ޖާގަ ދިނުމާއި އެކު ، އެވިޔަފާރި ތަކުން މުޅި ރައްޔިތުންނަށް ފައިދާ ލިބޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ. ދަނޑުވެރިކަމާއި ފަތުރު ވެރކަން ރަށުގައި ދިރުވާ އާލާކޯށް އެކަމުގެ ނަފާ މުޅި ރައްޔިތުންނަށް ބެހިގެން ދާނެ ގޮތކަށް ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. ޞިއްހީ ގޮތުން ހޭލުން ތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކޮށް ރަށުގެ ތައުލީމް ކުރިއަށް ގެންދެވޭނެ ގޮތްތައް ރާވާ ތައުލީމީ ޒުވާނުން ރަށުގެ ކަންކަމުގައި އިތުރަށް ބައިވެރި ކުރުން ހިމެނެއެވެ. ރަށުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެނުންނަށް އާމްދަނީ ލިބިގެން ދާނެ މަގު ފަހިކޮށްދެވޭނެއެވެ. ދީނީ ގޮތުން ހޭލުން ތެރި މުޖުތަމެއް ބިނާކޮށް ޅަކުދިންނާއި ޒުވާނުން ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *