1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޙިފުޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރައްވާ އިމާމްގެ ހުރުމާއި ކެއުން ޙަވާލކުރުން
1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޙިފުޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރައްވާ އިމާމްގެ ހުރުމާއި ކެއުމުގެ ކަންކަން ޙަވާލުކޮށްފައިވަނީ މި ކައުންސިލުން ހުޅުވާލި އަގު ހުށަހެޅުމުގެ ފުރުޞަތުގައި ދެވަނަ އަށް އެންމެ އަގު ކުޑަކޮށް ހުށަހަޅާފައިވާ ފަރާތަށެވެ. އެފަރާތުން ހުށަހަޅާފައިވާ އަގަކީ 01 މަސްދުވަހަށް -/20700 (ވިހި ހާސް ހަތް ސަތޭކަ) ރުފިޔާ އަށެވެ. ދެވަނަ އަށް އެންމެ އަގު ކުޑަކޮށް ހުށަހަޅާފައިވާ ފަރާތަށް ޙަވާލުކޮށްފައިވަނީ، އެންމެ އަގު ކުޑަކޮށް ހުށަހަޅާފައިވާ ފަރާތުން އެ ކޯޓޭޝަން އާ އެއްގޮތަށް ކުރިޔަށް ގެންދެވެން ނެތް ކަމަށް އަންގަވާފައިވާތީއެވެ.