ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025
ފޮއްދޫ ކައުންސިލް ފުޓްސަލް ޗަލެންޖް 2025 ފެށުމަށް ހަމަޖެހިފައިވަނީ 1 އޯގަސްޓް 2025 ގައެވެ. މި މުބާރާތް މި ފަހަރު ހުޅުވާލެވިފައިވަނީ ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ނޫނު އަތޮޅުގެ ހުރިހާ ރިސޯޓް ތަކަށެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ރެޖިސްޓަރ ވެފައިވާ ކުލަބްތަކާއި، ޖަމުއިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކަށެވެ. (މި ފުރުސަތު ހަމައެކަނި ހުޅުވާލެވިފައިވަނީ ފޮއްދޫއަށެވެ.) ރެޖިސްޓަރ ވުމުގެ ސުންގަޑިއަކީ 1 ޖޫން 2025 އާ ހަމައަށެވެ. މުބާރާތުގެ އެންމެމޮޅު ޓީމްއަކަށް 30،000، ދެވަނައަށްދާ ޓީމްއަކަށް 15،000 އަދި ފެއާޕްލޭ ޓީމްއަކަށް 10،000 ލިބިގެން ދާނެއެވެ.