ފޮއްދޫގައި ލޯަކަލް ބީޗެއް ތަރައްޤީ ކުރުން
ނ. ފޮއްދޫގެ ރައްޔިތުންނާއި، އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުން ކުރުމަށާއި، ހިތްހަމަޖައްސާލެވޭނެ ރަގަޅު މާހައުލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ފޮއްދޫ ކައުންސިލުން ފޮއްދޫގައި ލޯކަލް ބީޗެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށި އެމަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިޔަށް އެބަދެއެވެ. މި ވަގުތު ރަމަޟާން މަހަށް މަސައްކަތްވަނީ މެދު ކަނޑާލެވިފައެވެ. ނަމަވެސް ރަމަޝާން މަހާއި ޝައްވާލު މަހުގެ 6 ރޯދަ ނިމުމާއެކު އެމަސައްކަތް އަނެއްކާވެސް ފެށުމަށްވަނީ ތައްޔާރުވެފައެވެ. ފޮއްދޫ ކައުންސިލްގެ އަމާޒަކީ އަންނަ އަޟްހާ ޢީދަށް ފޮއްދޫ ލޯކަލް ބީޗް ހުޅުވި އާއްމުނަށް ބޭނުން ކުރެވޭ ތަނެއްގޮތުގައި ހެދުމެވެ.